ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި، ސަރުކާރުގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބަންދު ކުރި 66 ވިޔަފާރީގެ ތެރެއިން 22 ވިޔަފާރިއެއް އަލުން ހުޅުވަން ހުއްދަދީފިއެވެ.
އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، ގަވާއިދާއި ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ ކަމަށް ލިބުނު 307 ޝަކުވާ އާއި ގުޅިގެން މިހާތަނަށް 153 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގާ 66 ތަނެއް ބަންދު ކުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިނިސްޓްރީގެ ޤާނޫނުތަކާ ޚިލާފުވެގެން 46 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށާއި، އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 20 ވިޔަފާރިއެއް ބަންދުކުރި ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު 22 ވިޔަފާރިއެއް އަލުން ހުޅުވަން ހުއްދަދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދެނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަ އެ ފައިސާ ދެއްކުމުން." ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިިދިޔަ މަހުގެ ތެރޭގައެވެ.
އަދި މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު