އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު
އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރަކީ އަޅުގަނޑުމެންގެ މެދުގައި އޮތް ބަދަހި ގުޅުންކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހަނދާންތައް އައުކޮށް، އެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމައިގައި އަޅުގަނޑުމެން އެންމެން ބައިވެރިވާކަމަށެވެ. ހަމައެއާއެކު، ދިވެހި ރައްޔިތުންގެ ނުގުޑާފަދަ ހިތްވަރާއި ސާބިތުކަންވެސް މިއަދު އަޅުގަނޑުމެން ހަނދާންކުރާކަމަށް ޝާހިދު ވިދާޅުވެފައި ވެމެވެ.





"އެ ބިރުވެރި ކާރިސާ ކުރިމަތިވި ވަގުތު، ދިވެހިން ދެއްކީ އަބަދުވެސް ދިވެހިންގެ ކިބައިން ފެންނަ ނަމޫނާ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވެ، އަވަށްޓެރިންނަށް އަތްގާތްކޮށްދީ، ގޭގެއިން ފުރުޞަތު ދީ، ރަށްތައް އަލުން އާރބާދުކުރީ. އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރަކީ އަޅުގަނޑުމެންގެ މެދުގައި އޮތް ބަދަހި ގުޅުންކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ވެރިކަން ހިންގުމުގައްޔާއި، ޚިދުމަތްކުރުމުގައްޔާއި، އަދި އެކަކު އަނެކަކަށް އަޅާލުމުގައި، މި ދެންނެވި އެއްބައިވަންތަކަން އިސްކުރުމަށް މިއަދު އަޒުމް ކަޑައަޅަން ޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު