ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ، ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި ޣައިރު ދީންތަކުގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم މަނާކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައިވެއެވެ.
"އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ.) މާނައީ: ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ." ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން މިއަދުގެ ޚުތުބާގައިވަނީ، މި ފަދަ ކަންކަމުން ދުރުހެލިވެ ޙަޤީޤީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.
ހަމައެއާއެކު މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށާއި، އިސްލާމް ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށް ޚުތުބާގައިވެއެވެ.
އަދި ހަމައެހެންމެ އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށާއި، އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް މުސްލިމުންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތް ކުރުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު