ކަސޯޓީ ޒިންދަގީކީ 2 ގެ ލީޑުރޯލުގެ ދެ ތަރިން، އެރިކާ ފެނާންޑޭޒް އަދި ޕާތު ސަމްްތާން (ފޮޓޯ: ސްޓަރ ޕްލަސް)
ކަސޯޓީ ޒިންދަގީކީ 2 ގެ ލީޑުރޯލުގެ ދެ ތަރިން، އެރިކާ ފެނާންޑޭޒް އަދި ޕާތު ސަމްްތާން (ފޮޓޯ: ސްޓަރ ޕްލަސް)
އިންޑިއާގެ މަޝްހޫރު ހިންދީ ޑްރާމާތައް އުފައްދަމުންދާ އެކްތާ ކަޕޫރުގެ ކަސޯޓީ ޒިންދަގީކީގެ ސީޒަން 2 ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ބުނެފިއެވެ.

ކަސޯޓީ ޒިންދަގީކީ 2 ގެ ލީޑުރޯލުތަކުގެ ތެރެއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނާންޑޭޒްއެވެ. އަނޫރާގްގެ ރޯލު ކުޅެނީ ޕާތު ސަމްްތާންއެވެ. ކޮމޮލިކާގެ ރޯލުން އާމްނާ ޝަރީފް އަދި ބަޖާޖުގެ ރޯލު މިފަހަރު އަދާކުރަނީ ކަރަންޕަޓޭލްއެވެ. ނަމަވެސް 6 އަހަރު ދުވަހަށް ދިގުލައިގެން ދިޔަ ކަސޯޓީ ޒިންދަގީކީގެ ފުރަތަމަ ސީޒަނަށް ލިބުނު ކާމިޔާބީއެއް ސީޒަން ދޭކަށް ލިބިފައެއް ނުވެއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، ކަސޯޓީ ޒިންދަގީކީގެ ސީޒަން 2 ގެ، ކޮމޮލިކާގެ ރޯލާއި ބަޖާޖުގެ ރޯލު، ފުރަތަމަ ކުޅުނު އެކްޓަރުން ބަދަލުވެ އަނޫރާގްގެ ރޯލު ކުޅޭ އެކްޓަރުވެސް ބަދަލުވާ ވާހަކަ އާއެކު ޝޯއަށް ދެވުނު ޝައުގުވެރިކަން ފަނޑުވީއެވެ.

ހަމަ މިއާއެކު، ޕާތު ސަމްްތާން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ގިނަ ތަރިންތަކެއް ރައްކާތެރިކަން އިސްކޮށް އެމީހެއްގެ ގޭގައި ޝޫޓިން ކުރިއަށް ގެންދިއުމުގެ ނިންމުން ވީ އެކްތާ ކަޕޫރަށް އުނދަގޫވި ކަމަކަށެވެ. މީގެ އިތުރުން ކަސޯޓީ ޒިންދަގީކީގެ ސީޒަން 2 ގައި މަންމަ އަކާއި ބައްޕައެއްގެ ރޯލުން ފެނިލުމަށް އެރިކާ އަދި ޕާތުވެސް ހިތް ހަމަ ނުޖެހޭތީއާއެކު އެކްތާ ކަޕޫރު ޝޯ ނިންމާލަން ގަސްތުކުރީކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުގެ ރިޕޯޓުތައް ބުނާގޮތުގައި، ދެ އަހަރު ދުވަސްވީ، ކަސޯޓީ ޒިންދަގީކީގެ ސީޒަން 2 ގެ އެންމެ ފަހު އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ސީޒަން 2 ނިންމާލާއިރު ފުރަތަމަ ސީޒަން އަށްވުރެ ތަފާތު ވާނެ ކަމަަށްވެސް ގިނަ ރިޕޯޓުތަކުން ހާމަ ކުރެއެވެ.

އިންޑިއާގެ މަޝްހޫރު ހިންދީ ޑްރާމާތަކަކީ ދިވެހިންގެ ދިރިއުޅުންވެސް ފަޅުފިލުވައިދޭ ޑްރާމާތަކެކެވެ. އަދި ކަސޯޓީ ޒިންދަގީކީއަކީ ދިވެހިންގެ ތެރޭގައި ގިނަބަޔަކު ބަލާ މަގުބޫލު އެއް ޑްރާމާ ސިލްސިލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން