ރައީސް ޑރ. މުޙައްމަދު މުއިއްޒު ފްރަސްޓްރޭޝަން ފިލުވާ ފޯރަމްތައް ނުބޭއްވިނަމަ އެމަނިކުފާނު މަގުމައްޗަށް ނިކުންނެވުމުން ރައްޔިތުން އެ ޝުޢޫރުތައް ފާޅުކުރަން މަގުތަކަށް ނިކުތީސް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެސިޓީގައި ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ބޭއްވެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މަގުމަތީގައި ހިނގާލާ އުޅުމުގެ ފުރުސަތު ހޯއްދެވުމުގެ ގޮތުން ކަމަށެވެ.
"ޑރ. މުއްއިޒު އެ ބާއްވަނީ ފްރަސްޓްރޭޝަން ފިލުވާ ފޯރަމްތަކެއް. މި ފޯރަމްތައް ނުބޭއްވިނަމަ މާލޭގެ މަގުމަތީގައި ރައީސް މުއިއްޒަށް އުޅޭކަށް ނުކުރޭނެ. ރައްޔިތުން ނުކުމެ އަރައިގަންނާނެ." މައުރޫފް ވިދާޅުވިއެވެ.
އޭގެ އިތުރުން މައުރޫފް ވިދާޅުވީ މިއީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށެވެ.
"މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ. އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކަންކަން ކޮށްދެއްވާ ޒާތުގެ ރައީސްއެއް ނޫން." އޭނާ ވިދާޅުވި އެވެ.
މައުރޫފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގައި ބޭއްވެވި ބައްދަލު ކުރެއްވުންތަކުގައި ރައްޔިތުންވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތައް ތަންފީޒު ނުވާކަމުގެ ޝަކުވާ ކޮށްވައެވެ.

ކިޔުންތެރިންގެ ހިޔާލު