އިންޑިޔާގެ ބައެއް ސްޓޭޓް ތަކުގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވް ވާ މައްސަލަ އިތުރުވެއްޖެއެވެ.
ތެލަސީމިޔާ އަކީ ޖެނެޓިކް ގޮތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އަކަށް ވާއިރު، މި ބަލި ތަހައްމަލު ކުރަމުންދާ ކުދިން އެނީމިޔާ ފަދަ ބަލިތަކަށް ހުށަހެޅުން ދުރުކޮށް އަދި ފުރާނަ ސަލާމަތް ކުރުމަށްޓަކާ ގަވާއިދުން ލޭއަޅަން ޖެހެއެވެ.
އިންޑިޔާގެ މަދްޔާ ޕްރަދޭޝްގައި އުމުރުން ތިންއަހަރާ 15 އަހަރާދެމެދުގެ، ތެލަސީމިޔާ ޖެހިފައިވާ ފަސް ކުއްޖަކު އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެފައިވާ ކަން އެ ސްޓޭޓްގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިމަސްއަލަ ބެލުމަށް ޚާއްސަ ކޮމިޓީ އެއް މިހާރު ހަދާފައިވާއިރު، ލޭ އެޅުމުގައި އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓޭކަމާއި މެދު މިހާރުވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފައެވެ.
އެކުދިންނަށް އެޗް.އައި.ވީ ޖެހުނު ކަން ހާމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ އިން މޭއަށް ހެދި ސްކްރީނިންގ ޓެސްޓް ތަކުން ކަމަށް ވީނަމަވެސް މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފާއިތުވި ހަފްތާތެރޭ މި މަސްއަލަ މީޑިޔާގެ ސަމާލުކަމަށް އައުމާއި ގުޅިގެންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަދްޔަ ޕްރަދޭޝްގެ އިތުރުން ޖާކާންދް ސްޓޭޓް ގައިވެސް މީގެ ދެތިން ހަފްތާ ކުރިން، ތެލަސީމިޔާ ޖެހިފައިވާ އުމުރުން 8 އަހަރުން ދަށުގެ ފަސް ކުއަޖަކު ވަނީ އެޗް.އައި.ވީއަށް ޕޮޒިޓިވްވެފައެެވެ.
އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވަންނަނީ ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުންނާއި ،ރައްކާތެރި ކަމެއްނެތި ކުރިޔަށް ގެންދާ މެޑިކަލް ޕްރެކްޓިސް ތަކުންނާއި، ބަލި ހުރި ލޭ އެޅުމުންނާއި އަދި ބަލިޖެހިފައިވާ މަންމައެއްގެ ފުށުން ތުއްތު ދަރިފުޅަށެވެ. މި ބަލީގެ ސަބަބުން މަރުވާ މީހުން ކުރިއާ އަޅާ ބަލާއިރު މަދު ނަމަވެސް، މި ބަލި ޖެހިފައިވާނަމަ އުމުރު ދުވަހު އުޅެން ޖެހެނީ ވަރަށް ބަލައިގެންނެވެ.
އިންޑިޔާގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެޗް.އައި.ވީ ޖެހިފައިވާއިރު، ކޮންމެ އަހަރަކުވެސް 66،400 އެއްހާ މީހުންނަށް އަލަށް އެޗް.އައި.ވީ ޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 1.6 މިލިއަނަށް ވުރެ ގިނަ މީހުން ގެންދަނީ އުމުރުދުވަހު ދޭންޖެހޭ އެންޓި ރެޓްރޯ ވައިރަލް ފަރުވާ ހޯދަމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބްލަޑް ބޭންކު ތަކުން ދޫކުރާ ލޭގެ ކޮންމެ ޔުނިޓެއްވެސް ދޫކުރަނީ ސަރުކާން އަންގާފައިވާ ޕްރޮޓޮކޯލް އާއި އެއްގޮތަށް ޓެސްޓް ކޮށް، ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމަށް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ބަލިޖެހިފައިވާ ލޭ ބޭނުން ކުރެވެނީ އެޗް.އައި.ވީ ޖެހި، ބަލީގެ ކުރީކޮޅު ހަދާ ފުރަތަމަ ޓެސްޓް ތަކުން ޑިޓެކްޓް ނުކުރެވޭތީ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުގައި ވެއެވެ.
މިކަމުގެ ކަންބޮޑުވުން އިތުރުވުމާ ގުޅިގެން، އެޗް.އައި.ވީ ޖެހުނު ކޮންމެ ކުއްޖެއްގެ އާއިލާއަށް ދެލައްކަ ރުފިޔާގެ އެހީއެއް ދޭން އިންޑިއާގެ ސަރުކާރުން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު