އެޗްޑީސީން މެގަ ލަގްޒަރީ ހައުސިން މަޝްރޫއަކަށް އީއޯއައި ހުށަހެޅުމަށް 6 ދުވަސްދީ އިއުލާނެއް ކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ ހައުސިންގ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.
ނަމަވެސް މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، މިއީ މިހާތަނަށް ހުޅުމާލެއިން ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. އެގޮތުން 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއު އަށް ދޫކުރަން ނިންމާފައި ވަނީ 125،387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.
މިކަމާގުޅިގެން ބައެއް ފަރާތްތަކުން ވަނީ، އެޗްޑީސީން ކުއްލިއަކަށް އިއުލާންކުރި އެތައް މިލިއަން ރުފިޔާގެ މަޝްރޫއަކަށް ބީލަން ހުށަހެޅުމަށް 6 ދުވަހުގެ ކުރު މުއްދަތެއް ދިނުމުން އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭކަމަށް މީސްމީޑިއާގައި ތުހުމަތު ކޮށްފައެވެ. އަދި މިފަދަ ކުރު މުއްދަތެއް ދިނުމަކީ ކުރިން މި މައުލޫމާތު ލިބިފައިވާ ވަކި ބަޔަކަށް މަގުފަހިކޮށްދިނުމަށް ކުރާ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.
މީގެ ކުރިންވެސް ހުޅުމާލޭގައި ހުރި ހުސްބިންތައް އިއުލާނެއް ނެތި ސަރުކާރާއި ގާތްގުޅުމެއް އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމުގެ ތުހުމަތު އެޗްޑީސީއަށް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން އަންގައިގެން ޗައިނާގެ ކުންފުނިތަކަށް ހުޅުމާލެއިން ބިންތަކެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މީސްމީޑީއާގައި ދަނީ ދައުރުވަމުންނެވެ.
މިފަދަ ބިންތައް ވިޔަފާރީގެ ބޭނުމަށް ދޫކުރަނީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށާއި، ނުފޫޒު ގަދަ ފަރާތްތަކާއެކު ގޮތްނޭނގޭ ޑީލްތައް ހެދުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އެޗްޑީސީގެ މިފަދަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވިޔަސް އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު