ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 2 ލައްކަ ރުފިޔާ ކަމަށް ބަލައި، ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ހިޔާ ފްލެޓް ލިބުނު މީހުންނަށް ފައިސާގެ ގޮތުގައި އެ އަދަދު ދޭންޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ ކުލިން ދެ ލައްކަ ރުފިޔާ އުނިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.
"ރައީސް މުއިއްޒު ވައުދުވީ ހިޔާ ފްލެޓްގެ ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ދޭން. އެ ފައިސާ ދޭނީ ބަހައިގެން ކަމަށް އޭރު ވިދާޅުނުވޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ ފައިސާ ދޭން ޖެހޭނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށެވެ.
"ދެ ލައްކަ ރުފިޔާ ބަަހައިގެން ދޭ ވާހަކައެއް ނޫން ބުނީކީ. އަޅުގަނޑު މި ގޮވާލަނީ ރޯދަމަސް އައުމުގެ ކުރިން ކޭޝް ގޮތުގައި ދެ ލައްކަ ރުފިޔާ އެ މީހުންނަށް ދޭންޖެހޭނެއޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ކޮންމެކަމެއް ރައްޔިތުން ވާވައްދައިގެން، އޮޅުވާލައިގެން ކުރުން ހުއްޓާލުމަށްވެސް ރައީސް މުއްއިޒައް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު