ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރުމަށް ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ނިންމި ނިންމުން ބާތިލުކުރުމަށް އެދި، ހައިކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުން ގެންދިޔަ މަސްވެރިކަމެކެވެ. ރާއްޖޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުން ފެށިގެންނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ ޢަބްދުލްޣަފޫރު އަދި މުޙައްމަދު ސީނީން ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށެވެ. ނަމަވެސް، މި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން މިއަދު ވަނީ ނިންމާފައެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ނިންމަވާފައިވަނީ، ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދަށް ނުވާތީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
މި ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފައިވަނީ ޚާއްޞަ އުޞޫލެއްގެ ތެރެއިންނެވެ. އެގޮތުން، ކޮންމެ އަހަރަކު އެންމެ ގިނަވެގެން ހަތް މަސްދުވަހަށް، 40 އުޅަނދަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭނެއެވެ. އަދި މަސް ބަނދަރަށް ގެންނައިރު އޭގެ ހަށިގަނޑުން އެއްވެސް ބައެއް ވަކިނުކޮށް ހުންނަންޖެހޭނެ ކަމަށާއި، މަސްވެރިކަމުގެ އެއްވެސް ޙަރަކާތެއް އެތެރެވަރީގައި ހިންގުމަކީ މަނާކަމެއް ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. އެ ޕެޓިޝަނުގައި ބުނެފައިވަނީ، މިޔަރު ހިމާޔަތްކުރުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ ބައްދަލުވުންތަކުގައި ވަކާލާތުކުރުމަށް ބާރު ލިބޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ތިމާވެށީގެ އިތުރުން ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސްގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި، އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނަން މިހާރު ވަނީ ނިންމާފައެވެ.
މީގެކުރިން ހުމައިދާ ވަނީ، ކ. ގުޅިފަޅު ހިއްކަން ފަށާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަންވެސް ކޯޓަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު