ވެރިކަމުގެ ދެވަނަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ "ފަނޑިޔާރުން ރީސެޓް" ކުރުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ފަޑިޔާރުންނަށް ވަރުގަދަ އިންޒާނެއް ދެއްވައިފިއެވެ.
މިރޭ ކުރިއަށް ދިޔަ "ރިސެޓް" ޖަލްސާގައި ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމު ރީސެޓް ކުރަން ޖެހޭ ކަމަށެވެ.
"އެއް ސަބަބަކީ، ކޯޓުތަކަށް އެންމެ ބޮޑު ހަމަލާ އަމާޒުވި ދުވަސްވަރު އުއްތަމަ ފަނޑިޔާރުގެ ކަރުގައި ފައްޓަރުބައި އަޅުވާފައި، ސުޕްރީމް ކޯޓުގެ އިލްމީ ފަނޑިޔާރުންތަކެއް ބޭރުކުރުން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ މީގެ ސަބަބުން ގެއްލުންވީ ކޮން ބަޔަކަށްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
"ރައްޔިތުންނަށޭ ގެއްލުންވީ. ހަގީގަތުގައި އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ ޓޮޕް ކޮލިޓީ ތިން ފަނޑިޔާރުން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކުގައި ނޫނެކޭ ބުނަން މިހާރު ސުޕްރީމް ކޯޓަށް ކެރަން ޖެހޭނެ ކަމަށެވެ. އެހެންނޫނީ، ރައްޔިތުންނަށް އިންސާފެއް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެއްލުނީ، މަހާޒު ގެއްލުނީ، ހުސްނު ސުއޫދު ގެއްލުނީ. އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މުޅި ތަން ހަރާބުކުރި މީހާ ފައްޓަރުބައި އަޅާފައި މިހާރު ގެސްޓް ހައުސް ހިންގަނީ ކަންނޭނގެ،" ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު