ބޭނުމަކީ މޭޔަރުކަމުގެ ދައުރުގެ ތެރޭގައި، މާލެ ތަހުޒީބީ މުޖުތަމައަކަށް ފެތޭގޮތަށް ތަރުތީބުކޮށް، މާލޭގެ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތައް ހޯދައިދެވޭނެ އިންތިޒާމެއް ގާއިމުކޮށް، ޒަމާނީ ހިދުމަތް ދޭނެ ވަސީލަތަކަށް ބަދަލުކުރުން ކަމަށް ޕީއެންއެފްގެ ޓިކެޓްގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "ރިސެޓް" ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މާލެ ސިޓީއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ލީޑަރުން ނޫން ކަމަށެވެ.
"މާލެ ސިޓީއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅި އާންމު މީހާ ކެކުޅުމަށް ދޫކޮށްލާނެ ވަރުގެ ލީޑާރުން ނޫން, އެޔަށްވުރެ ސިޔާސީ ފިކުރުގައި ހުރެ، އާންމު މީހާގެ ކެކުޅުމަށް ތަސައްލީއެއް ގެނެއުމުގެ އިތުރުން ހިތްވަރާއި ތަޖުރިބާގެ އިތުރުން މާލެ ސިޓީއަށް ބޭވަފާތެރި ނުވާނެ ވަރުގެ ލީޑަރެއް." އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ މަގާމަށް އިންތިޚާބުވެއްޖެނަމަ ދެމިހުންނާނީ މާލެ ސިޓީގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައިކަމަށެވެ.
"މިކަމަށް ކުރިމަތި ލީ ސިޔާސީ ހަރުގަނޑަކަށް ބަލައި ބޮޑު ގޮނޑިއަކަށް އަރާކަށް ނޫން" ޒަރިޔަންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު