ޕީއެންއެފްގެ އެސްޖީ މަލީހް-
ޕީއެންއެފްގެ އެސްޖީ މަލީހް-
ސަރުކާރުން ކުއްލިއަކަށް ވިޔަފާރިވެރިން މަތިން ހަނދާންވީ "ރީސެޓް" ވާތީ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މި ސަރުކާރަކީ ވިޔަފާރިތަކާ އެންމެ ބީރައްޓެހި ސަރުކާރު ކަމަށާއި، ސަރުކާރަށް 2 އަހަރު ވީއިރުވެސް ވިޔަފާރިތައް ކުރިއަރުވަން ކުރި ކަމެއް ނެތް ކަމަށެވެ.

"ވިޔަފާރިތަކަށް ބޭންކް ބަންދު. ޑޮލަރު ނުލިބޭ. ޓެކްސްވީ ބޮޑު. ލޭބަރ ކޮސްވީ މަތި. އޮވަރހެޑް ވީ ބޮޑު. ސޭލްސް ވީ ދަށް." މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ކުއްލިއަކަށް ސަރުކާރުން ވިޔަފާރިވެރިން މަތިން ހަނދާން ވެގެން މިއުޅެނީ "ރީސެޓް" ވާން އުޅޭތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕީއެންއެފް އިން ބާއްވާ ބޮޑު އެއްވުމަށް އިޝާރާތް ކުރަމުންނެވެ.

ޕީއެންއެފްއިން އިން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ "ރިސެޓް" ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވާނެ ކަމަށާއި، ސިޔާސީ މުހިންމު ކަންތައްތަކެއް ހާމަކުރަށްވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު