ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މޫނުމަތި ރީތިކުރަން އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް ޕީސީބީން އަންގައިފިއެވެ.
ޕީސީބީ އިން މިއަދު ނެރުނު ސާކިޔުލާއެއްގައި ބުނެފައި ވަނީ، އެ އިދާރާ އިން އަންގާ އެންގުންތަކަށް އަމަލު ކުރުމަކީ ޕްރައިވަޓައިޒޭޝަން ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީތައް ހިމެނޭހެން، ކުންފުނީގެ ފަރާތުން އާންމުންނަށާއި މީޑިއާ އަށް މައުލޫމާތު ދިނުމަށާއި، މައުލޫމަތު ފޯރުކޮށްދިނުމުގެ ކަންތައް ބެލެހެއްޓުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ.
ޕީސީބީން ބުނީ އެ މަގާމު އަދާކުރާ މީހުންނަކީ ގާނޫނީ ތަޖުރިބާ ހުރި އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަހުލުވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކުންފުންޏަށް ހުށަހަޅާފައިވާ އާރުޓީއައި ރިކުއެސްޓުތަކާއި އެފަދަ އެހެން މައުލޫމާތުތައް ފަސޭހައިން އެއްތަނަކުން ފެންނާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކޮންމެ ކުންފުންޏަކުންވެސް އެ މަގާމަށް އައްޔަނުކުރާ މީހުންނަށް ވަކި އީމެއިލް އެޑްރެހެއް ހެދުމަށް ޕީސީބީން އަންގާފައިވެއެވެ.
އޭގެއިތުރުން މިއީ އެވަގުތަކު އެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އަދާކުރާ މަގާމަކަށްވާތީ އެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހު ކުރަން ނުޖެހޭނެ ކަމަށްވެސް ޕީސީބީން ވަނީ ބުނެފައެވެ.
އަދި ކުންފުނިތަކަށް އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތު އެ ކުންފުންޏެއްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނަންވާނެ ކަމަށާއި، އާރުޓީއައި ފޮނުވާނެ އީމެއިލާއި އިންފޮމޭޝަން އޮފިސަރަށް ގުޅޭނެ ނަންބަރު ވެސް ފަސޭހައިން ފެންނަގޮތަށް ވެބްސައިޓުގައި ހުންނަންވާނެ ކަމަށް ޕީސީބީގެ ސާކިޔުލާގައި ބުނެފައިވެއެވެ.
ޕީސީބީން މިފަދަ ސަރކިއުލާއެއް ނެރެފައިވާއިރު ސަރުކާރު ޙިއްސާވާ ކުންފުނިތަކުން މަޢުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ތަފާތު ހުރަސްތައް ފަހަކަށް އައިސް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު