ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާައި ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުންނިތަކަށް މުއައްޒަފުން ނަގާ އަޑު ގަދަވެފައި ވަނިކޮށް މިދިޔަ 2024 އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ގާތްގަނޑަކަށް 4،616 މުވައްޒަފުން ނަގާފައިވާކަން ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު ކުއާޓަލީ ރިޕޯޓުން ދައްކައިފިއެވެ.
ސަރުކާރު ކުންފުނިތައްް ބޮޑު ގެއްލުމުގައި ހިނގަމުންދާއިރު ބެލުމެއް ނެތި ވޯޓު ހޯދަން ސަރުކާރުން ދަނީ އެތައް މުވައްޒަފުންނެއް ކުންފުނިތަކަށް ނަގަމުންނެވެ. ކުންފުނިތަކަށް މުވައްޒަފުން އިތުރު ކުރަމުންދާއިރު ކުންފުނިތަކުގެ ހިންގުމައް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ގަދަޔަށް އަޑު އިވެނީ އާރުޑީސީން އެތަނުގެ އިސްވެރިންގެ ނުފޫޒު ބޭނުން ކޮށްގެން އެތައް ބަޔަކަށް ވަޒީފާ ދެމުން ގެންދާ އަޑެވެ. އާރުޑީސީ އަކީ އެންމެ ބޮޑު ގެއްލުމުގައި ހިނގާ އެއްކުންފުނި ކަމަށް ޕީބީސީން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ ހަރަދު ކުޑަކުރަން މި އަހަރުގެ ތެރޭ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމާއި އިތުރު ސިޔާސަތުތަކެއް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމެނި ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލުވެފައެއް ނުވެއެވެ.
އެހެންނަމަވެސް މިއަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު އިތުރުވެފައިވާއިރު ބަޖެޓުން ބޮޑު ބައެއް ހޭދަކުރަނީ ކުންފުނިތަކަށް މުވައްޒަފުން ނެގުމަށެވެ. އެގޮތުން މިއަހަަރަށް ބަޖެޓު ކުރި މިންވަރަށްވުރެ އިތުރަށް އެތައް ބިލިއަނެއް ބަޖެޓުން ކުންފުނިތަކަށް ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު