މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ހަދިޔާކޮށްފިއެވެ.
މި ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި އެއިރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
އެ ތިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، މިހާރު މަސައްކަތް ކުރަނީ އެތަނުގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަންނަން ޗައިނާ ސަރުކާރުން މިއަދު ރާއްޖެ އަށް ހަދިޔާކުރި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ އޮފީސްތަކަށް ކޮންމެހެން ބޭނުންވާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ކަމަށެވެ.
އެހީގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިއަންވާއެވެ. އަދި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ކިޔުންތެރިންގެ ހިޔާލު