އިރާނުގައި ވަނީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ވަރަށް ބޮޑުވެފައި
އިރާނުގައި ވަނީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ވަރަށް ބޮޑުވެފައި
ކޮރޯނާވައިރަހާއި ގުޅިގެން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެގައުމުން އެދިއްޖެއެވެ.

އިރާނުން ލޯނަކަށް އެދިފައިވާއިރު، އެގައުމުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 4000 މީހުން މިހާރުވަނީ މަރުވެފައެވެ.

އިރާނަށް ލޯނު ދިނުމާއި ދެކޮޅަށް އެމެރިކާއިން ވާހަކަދައްކާފައިވާއިރު، އެމެރިކާއިން ބުނާގޮތުގައި އިރާނުގައި ބޭނުންކުރުމަށް އެމީހުންއަތުގައި ފައިސާ ހުންނާނެއެވެ. އެމެރިކާއަކީ އައިއެމްއެފްގެ ހިއްސާދާރުންގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮންނަ ގައުމެވެ.

ނަމަވެސް އައިއެމްއެފްއިން ބުނެފައިވަނީ ލޯނުދިނުމާއި ބެހޭގޮތުން އިރާނާއެކު މަޝްވަރާތައް ކުރިއަށް އެބަ ގެންދާކަމަށާއި، ލޯނު ދިނުމާއި ބެހޭގޮތުން ވަކި ގޮތެއް އަދި ނިންމާފައިނުވާކަމަށެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ބޮޑު އަސަރުތަކެއް ކޮށްފައިވާ ގައުމަކީ އިރާނުކަމުގައި ވީއިރު، އިރާނުގެ ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފައިވާގޮތުގައި އެގައުމުން 67,286 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 4,003 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން