ފުލުހުންގެ ރައިޑެއްގައި ހިފެހެއްޓި ވޭޕު ސާމާނުތަކެއް
ފުލުހުންގެ ރައިޑެއްގައި ހިފެހެއްޓި ވޭޕު ސާމާނުތަކެއް
ރާއްޖެއަށް ކަނޑުމަގުން ވަގަށް ވައްދަން އުޅުނު 10800 ވޭފް އަތުލައިގެންފިކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގައި އެޝިޕްމަންޓް ބަލާފާސްކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ. އެ ގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމްސް އިން މަޢުލޫމާތު ދީފައިވެއެވެ.

މި ވޭޕް ކާޓްރިޖަތަކުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށާއި، މީ ވޭފް އެތެރެކުރުން މަނާކުރި ފަހުން ރާއްޖެއަށް ވައްދަން އުޅެނިކޮށް ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓްކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ ވޭޕް މަނާކުރި ފަހުން ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ވޭޕްގެ އަދަދު 66،000 މައްޗަށް އަރާކަމަށެވެ.

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައިވާއިރު، ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ދުންފަތް މަނާކުރާ ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.

އަދި، ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު