ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ސޮބާހު
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ސޮބާހު
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް އަހުމަދު ސޮބާހު އައްޔަންކުރައްވައިފިއެވެ.

ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ސޮބާހު ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.

ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެންމެ ފަހުން ހުންނެވީ އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އެވެ.

19 އަހަރާއި ދިހަ މަސްދުވަހަށްފަހު އޭނާ އެ މަޤާމުން ރިޓަޔަރ ކުރެއްވީ މިދިޔަ މަހުގެ 26 ގައެވެ.



ކިޔުންތެރިންގެ ހިޔާލު