ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ރައީސް ޞާލިޙްގެ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓްގެ ތެރެއިން، އިތުރު ފަސް ޓަވަރެއްގެ އެޕާޓްމަންޓްތަކުގެ ވެރިންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ތާވަލުކޮށްފައިވާ ގޮތަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މިގޮތުން، އަމާން އުދަރެސްގެ 11، 12، 15 އަދި 16ވަނަ ޓަވަރުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ވަނީ ފަށާފައެވެ. އަދި 13ވަނަ ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުން މާދަމާ ފެށޭނެކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30އިން ފެށިގެން މެންދުރު 03:30އަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރެވޭ ޖުމްލަ 32 ޓަވަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ މި ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން ލިބޭ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 11،500 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 8،000 ރުފިޔާއެވެ. ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭނެކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު