ސާފުތާހިރުކަމަށް ބެލުމެއް ނެތި ލުއިކާނާ ޕެކް ކުރަނިކޮށް ކުރި ރެއިޑުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ސާފުތާހިރުކަމަށް ބެލުމެއް ނެތި ލުއިކާނާ ޕެކް ކުރަނިކޮށް ކުރި ރެއިޑުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި، މުރުމުރާއި، ގުޅަ، އަދި އަތުޖެހިފަދަ ލުއިކާނާގެ ބާވަތްތައް ހަދަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނޭޝަނަލް ޓާސްކްފޯހުން ކުރިޔަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން މިރޭ ދިލްކުޝާގޯޅީގައި ހިންގި އޮޕަރޭޝަނަކީ، އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އިމިގްރޭޝަނުން ބުނީ މިރޭގެ ރެއިޑް އޮޕަރޭޝަންގެ ތެރެއިން ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައި ވާކަމަށެވެ.

އެ އިދާރާއިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބިދޭސީން ތައްޔާރުކުރަމުން ދިޔަ ތަކެއްޗަކީ ފިހާރަތަކަށް ގެންގޮސްގެން އާންމުންނަށް ވިއްކުމަށް ތައްޔާރުކުރަމުން ދިޔަ ތަކެއްޗެވެ. 

މި އޮޕަރޭޝަންގެ ތެރެއިން އެ ތަނުގައި، އިމިގްރޭޝަންގެ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް 27 ނޮވެމްބަރުގައި ކުރެވުނު އިއުލާނާ ގުޅިގެން، ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހުއްޓުވުމެވެ.



ކިޔުންތެރިންގެ ހިޔާލު