މަރްޔަމް ނަހްދާ ވަޙީދު   7 ޑިސެމްބަރު 2025 - 15:27
ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު
ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު
ޔުނީފޯމު މިންގަނޑަށް ސަރުކާރުން ގެނައި ބަދަލުތަކަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ތާއީދުކުރައްވައިފިއެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައި، އާންމުކުރި އުސޫލުގައި ވާގޮތުން ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ލިބޭއިރު، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅުލުން ލާޒިމްކޮށްފައިވެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހްތިޔާރު ވަނީ ދީފައެވެ.

ގްރޭޑު ހަތަރަކުން މަތީގެ އަންހެން ދަރިވަރުންނަށް ސްކާޓާއެކު ހަރުވާޅުލުން ލާޒިމް ކުރުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޒައިދު ވިދާޅުވީ ޢައުރަ ނިވާކުރުން އިތުރު ވުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށާއި، ޔުނިފޯމް އިސްލާމީ އިންތަކާއި ގާތަށް އައުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ހަރުވާޅު ފަދަ ކުޑަކުޑަ ކަމެއްގައި ހަރުވާޅު ނުލައްވަންވެގެން ތަޅައިފޮޅައި ގަންނަންޖެހޭ ހިސާބަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ އިސްލާމީ ގައުމެއް ނޫންތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު