އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ، ސްކޫލުގައި އެރަށު ދޮންބަގީޗާގޭ، އަމާނުﷲ އަދާކުރަމުން ދިޔަ ވަޒީފާ އެއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ފައްޔާޒް ވިދާޅުވީ ގއ. ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރުމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް ކަމުގައެވެ.

"އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއް. ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު