ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކާއި ޚާއްސަކޮށް މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތް ނިމެންދެން ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި، ޕާކިންގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޚާއްސަ ޕާކިން ބިލްޑިންތަކެއް އެޅުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު ހަރުދަނާކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު