ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 69 އަކަށް އަރާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ސްރީލަންކާއަށް ''ތޫފާން ޑިތްވާ'' އެރުމުގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންވެފައިވާއިރު އާންމުން ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައެވެ.
މި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަދަވައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައިވާ ކަަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އަދި އެކި ސަރަހައްދުތަކުން 30 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ޑިސެމްބަރު 16 އިން ފެށިގެން އެގައުމަށް ވިއްސާރަ ކުރަން ފަށާފައިވާ ކަމަށާއި އޭގެ ފަހުން އެރި ތޫފާނުގެ ސަބަބުން މިހާތަނަށް 219،286 މީހަކަށް އެކަމުގެ ސީދާ އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު