މިއަދު ރާއްޖެއިން ފެންނަމުންދަނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް އެއްވެސް ފަސްޖެހުމެއްނެތި ކުރަމުންދާތަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްްޖެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އިމްރާން ވިދާޅުވީ މިއަދު ދިވެހި ރާއްޖެއިން ފެންނަމުންދާ ސާފު އެއް މަންޒަރަކީ ރައީސް މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށްޓަކާ ކުރަށްވަން ޖެހޭ ކޮންމެ ކަމެއް އެއްވެސް ބަލާލުމެއް ފަސްޖެހުމެއް ނެތި ކުރަށްވަމުން ގެންދަވާ މަންޒަރު ކަމަށެވެ.
އެ ކަމަކީ ދީނާ ކިތައްމެ ފުށުއަރާ ކަމަކަށްވިޔަސް، ޤައުމާއި ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަކަށްވިޔަސް، ދައުލަތް ހިންގުމުގެ މުޅި ނިޒާމު ފުނޑިގެން ދާވަރުގެ ކަމަކަށްވިޔަސް ރައީސް މުއިއްޒުގެ އެއްވެސް ފަރުވާލެއް ކަންބޮޑުވުމެއް ނެތް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
"ހުރިހާވެސް ކަމަކީ ވެރިކަން ދިފާއުކުރުން. ބުނާކަހަލަ ދިވެހި ރާއްޖޭގައި އިސްލާމް ދީން އޮންނާނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވައިގެންނޭ!" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ދިފާއުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަމަކަށް ވިސްނާލުމެއްނެތި، ގިނަ ވައުދުތަކެއް ވަމުންދާތީއެވެ. ވެރިކަމަށް އައިސްގެން 2 އަހަރު ފާއިތުވެފައި ވާއިރު، ވައުދުވެފައިވާ އެއްވެސް މަޝްރޫޢެއް އަދި މި ސަރުކާރަށް ނިންމިފައި ނުވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު