ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފެނިގެންދަނީ ބޮޑެތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މާލެ އާއި ވިލިމާލޭގެ 40 ޕަސެންޓު ބިން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި ކަން ހާމަވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވިދާޅުވީ މިވާހަކަ ދެއްކިޔަސް ރައީސް ދެކޮޅަށް ގާނޫނީ ފިޔަވަޅު މިވަގުތަކު ނާޅަފާނެ ކަމަށެވެ. އެހެންނަމަވެސް އަބަދަކު މިހާލަތެއްގައި ނޯންނާނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ބޮޑަތި ކުށްތަކެއް ހިންގާފައިވާކަމަށް ކުރެވޭ ތުހުމަތަށް މިލިބެނީ ދަލީލު ކަމަށާއި، ގައުމެއްގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑެތި ކަންތައްތައް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
"ކިހިނެއްތޯ މިޔަށް ކޮރަޕްޝަނޭ ނުކިޔޭނީ؟ ދައުލަތަށް ގެއްލުން ވާގޮތަށް އަމަލުކޮށްފައި ނުވާކަމަށް ބެލެވޭނީ ކިހިނެއްތޯ؟ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނުނަގާކަމަށް ބަލާނީ ކިހިނެއްތޯ؟" ޖަމީލް ސުވާލުކުރައްވާފައި ވެއެވެ.
ޖަމީލް ވިދާޅުވީ ރައީސަކީ އާންމު ރައްޔިތުންނަށްވުރެ އެތައް ގުނައެއް މަތީން ތިމާގެ އިންޓަގްރިޓީ ނަގަހައްޓަންޖެހޭ މީހެއް ކަމަށެވެ. އެހެންނަމަވެސް މުއިއްޒު މިފެންނަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ ވެރިކަމުގައި މިފަދަ ތުހުމަތު ރައްދުވާ ބޭފުޅުން އެތުހުމަތުން ބަރީއަކަމުގެ ސާފު ޙުއްޖަތު ދެއްކުން ލާޒިމްވޭ. ނޫނީ ރައްޔިތުންގެ އިތުބާރުނެތް ބޭފުޅަކަށްވެ ގާނޫނީ ނަތީޖާ އާކުރިމަތިލާން މަޖްބޫރުވޭ!" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު