ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިޚުލާސްތެރި، ރައްޔިތުންހެ އިހުސާސްތައް ދަންނަ ވެރިއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައި ވަނީ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީ ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު ޖަލްސާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޖާބިރު ވިދާޅުވީ ރޭގެ ޖަލްސާގައި ޕީއެންސީގެ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށާއި، އެ ޖަލްސާގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވި ކަމަށެވެ. އަދި މިއީ ފަހަކަށް އައިސް ވަރަށް ނުފެންނަ ބޮޑު މަންޒަރެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ރައްޔިތުންގެ ހިތްތައް އުފާވާ ކަހަލަ ވާހަކަފުޅުތަކެއް ދެއްކެވި ކަމަށާއި އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖެ ތަރައްގީގެ މަގުގައި އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދެވޭނެ ފަދަ މޮޅު ތަސައްވުރެއް ކަމަށެވެ.
ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެމަނިކުފާނު ވަރަށް މޮޅެތި ހިޔާލުފުޅު ގެންގުޅުއްވާ ކަމަށާއި، ރާއްޖޭގެ ބަނގުރޫޓުވެފައި އޮތް އިގްތިސާދު ހުއްޓުމެއްނެތި މަސައްކަތުން ކޮޅަށް ޖަހައިގެން ގެންދާތީ ވަރަށް އުފާވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ރައްޔިތުންނަށް ތަކެތި އަތްފޯރާ ފަށަށް ގެނެސްދީ ރަމަޟާންމަހުވެސް ކަރަންޓު ބިލް 400 ރުފިޔާއަށްވުރެ ބޮޑުނުވާ ގޮތަށް ހަދައިދިނުމަކީ އެމަނިކުފާނު ރައްޔިތުންނާމެދު ބަހައްޓާ އޯގާތެރިކަން ކަމަށާއި އެމަނިކުފާނަކީ އިޚުލާސްތެރި ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ސިޔާސީ ގޮތުން ބަލާއިރު މިހާ ކުރު މުއްދަތެއްގައި ރައްޔިތުންނަށްޓަކަައި ގައުމުގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައި ބޮޑު ކާމިޔާބީއެއް އެމަނިކުފާނު ހޯއްދާފައި ވާކަމަށެވެ. އަދި ރައީސަކީ ދުރުވިސްނޭ މޮޅު ވެރިއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު