މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިވީ ފައިސާގެ އަޅަކަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައި މިވަނީ ބީލަމަށް ނުލައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫޢުގެ ތެރެއިން، ފުލުހުންގެ މަރުކަޒުތަކެއް އަޅަން ހަވާލުކުރި އެފްޖޭ ޑިޒައިންސް އަކީ އަބްދުއްރަހީމްގެ އާއިލީ ކުންފުންޏެއްކަން ހާމަވުމާ ގުޅިގެންނެވެ.
މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ އަބްދުއްރަހީމްވެސް މިވީ ފައިސާގެ އަޅަކަށް ކަމަށެވެ.
"އަދުރޭވެސް މިވީ އައި ނީޑް ސަމް ކޭޝް އާއިލާގެ ކުއްޖަކަށް. ފައިސާގެ އަޅަކަށް." މަލީހް ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ އަދުރޭ ދަނީ އޭނާގެ ޝަޚްސިއްޔަތުގައި ފޮރުވިފައިވަނީ ފައިސާނޫން އެހެން އެއްޗެއް ނޫންކަން ހާމަވާ ލަދުވެތި ޢަމަލުތަކުގެ ކޯރެއްގައި ފަތަމުން ކަމަށެވެ.
މިކަމުން ދޭހަވަނީ އަބްދުއްރަހީމަކީ ތިމާގެ ޕްރިންސް ޝަހީދުކުރި އަތުގައި ފައިސާގެ ދަހިވެތިކަމުގައި ބޮސްދީފާނެ ލާޗާާރެއްކަން ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު