ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުހިނގާވަރުގެ ބޮޑު ހިޔާނާތެއް، ފާޅުގައި، ރޯމާދުވާލު މި ހިންގާލީ ގައުމަށް ކޮން ނަމޫނާއެއް ދައްކަންތޯއޭ ވިދާޅުވެ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ހުސައިން ސުވާލުކުރައްވައިފިއެވެ.
ސަޢުދު މިހެން ވިދާޅުވެފައި މިވަނީ 206 މަޝްރޫޢެއް ބިޑަކާ ނުލާ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރުމާ ގުޅިގެންނެވެ. މީގެ ތެރެއިން 658 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއެވެ.
މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަޢުދު ވަނީ 2.7 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ރޯމާދުވާލު، ފާޅުގައި ހިންގާލީ ގައުމަށް ކޮން ނަމޫނާއެއް ދެއްކުމަށްތޯ ވިދާޅުވެ ސަރުކާރާ ސުވާލުކުރައްވާފައެވެ.
ސަޢުދު ވިދާޅުވީ މިއީ އަމިއްލައަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ކޮރަޕްޝަނަށް ތަންމިނަށް ދޮރުހުޅުވާލައިގެން، ބިޑުކުރުމަކާ ނުލާ ރައްޔިތުންގެ ޓެކުސްފައިސާއިން ރޭވިގެން، ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދީ އަދި އެފައިދާއިން ބައެއްލިބިގަތުމަށް ރޭވިގެން ހިންގާފައިވާ ބޮޑު ޚިޔާނާތެއް ކަމަށެވެ.
"މިވަރަށް ފާޅުގައި ވައްކަން ކުރަމުންދާއިރު ސިއްރުން ކިހާވަރަކަށް ވައްކަން ކުރާނެބާ! މިޚިޔާނަތަކީ ފެށުމުގައިވެސް ބާތިލުކަމެއްކަމަށް އެނގިތިބެމެ ކޮންޓުރެކްޓަރުން ބައިވެރިވުމަކީ ނުހަނު ހިތާމަ ހުރިކަމެއް! މިމައްސަލަ ކަމާއިބެހޭ ފަރާތްތަކުން އަވަހަށް ބަލަންޖެހޭ އެހެންނޫންނަމަ ވަރަށް ގިނަ ބަޔަކު ގާނޫނާއި ޚިލާފްވެ އަދަބުލިބިގެންދާނެ!" ސަޢުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ދައުލަތް މި ޚިޔާނާތުން ސަލާމަތްކުރުމަށް އެސީސީއިން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ޚަޒާނާ ވަގުންގެ ކިބައިން ދިފާއުކޮށް ސަލާމަތްކުރުމަށް ދިވެހި ރައްޔިތުން އަވަސްވެގަންނަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުފައެވެ.

ކިޔުންތެރިންގެ ހިޔާލު