އަމިއްލަ ކުންފުންޏެއްގެ 27 އިންވޮއިސްއަކަށް 9.9 މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލާގައި އައިއެސް އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ، ފެނަކަ އާއި އެކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ މަތިން ފޯރުކޮށްދިން މުދަލަށް ފައިސާ ދައްކަން ފޮނުވި 27 އިންވޮއިސްއަކަށް ފައިސާ ނުލިބޭކަމަށް ބުނެއެވެ.
މައްސަލައަށް ޖަވާބުދާރީވަމުން ފެނަކައިން ފުރަތަމަ ބުނީ، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާ ނޫން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ، އައިއެސް އެންޓަޕްރައިސް އިން ޚިދުމަތް ފޯރުކޮށްދީފައިވަނީ އެއްބަސްވެފައިވާ މުއްދަތު ފާއިތުވީ ފަހުން ކަމަށް ވާތީ، އެ ކުންފުންޏަށް ދޭން ޖެހެނީ 8 މިލިއަން ރުފިޔާ ކަމަށެވެ.
މައްސަލާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، ފެނަކައިން އެދުނު ގޮތަށް އެއްވެސް ފައިސާއެއް އުނިކޮށްދެވެން ނެތް ކަމަށާއި، މި މަސް ނިމުމުގެ ކުރިން ފެނަކައިން އައިއެސް އެންޓަޕްރައިސްއަށް 9.9 މިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށް އެކަން ސިވިލްކޯޓަށް އެންގުމަށެވެ.
މީގެ ކުރިންވެސް ފެނަކައިގެ މައްޗަށް އަމިއްލަ ވިޔަފާރިއަކަށް 6.8 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވާއިރު، 2024 ގައި ފެނަކައިން އަމިއްލަ ކުންފުންޏަކުން ހޯދި ޚިދުމަތްތަކަކަށް 3.6 ލައްކަ ޑޮލަރު ދައްކަންވެސް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ޙުކުމް ކޮށްފައެވެ.
އޭގެއިތުރުން ބްލޭޒަން އިންކް ކިޔާ ކުންފުންޏަކަށް ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ޙުކުމް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު