ދައުލަތުގެ މާލީ ކަންކަމުގެ ފަންނީ ހަމަތަކަށް ބީރަށްޓެހި ބަސްމަގު ގެންގުޅުމަކީ ޤާނޫނާ ހިލާފު ވިސްނުމެއް ރައްޔިތުން ލައްވާ ގަބޫލު ކުރުވުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ، މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ.
ރައީސް މި މޭރުމުން މިކަން އިއުލާން ކުރެއްވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ މާލީކަންކަމުގެ ފަންނީ ހަމަތަކަށް ބީރައްޓެހި ބަސްމަގެއް ގެންގުޅުއްވުމަކީ، ޤާނޫނުއަސާސީ އާއި ޤާނޫނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅިފައިވާ ގޮތާއި ހިލާފު ވިސްނުމެއް ރައްޔިތުން ލައްވާ ޤަބޫލުކުރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ޖުމްލަ ބަޖެޓްގެ ތެރޭގައި އެ ދައުލަތަކުން ދަރަނީގެ ގޮތުގައި އަދާކުރާ މިންވަރުވެސް ހިމެނޭކަން ޤާނޫނުއަސާސީގެ މާއްދާ 96، މާލިއްޔަތުގެ ޤާނޫނުގެ މާއްދާ 32 އަދި އައިއެމްއެފްގެ ޖީއެފްއެސްއެމް 2014 އާއި ފިސްކަލް ޓްރާންސް ޕޭރަންސީ ކޯޑުގެ (ޕިލަރ 2) ހަމަތަކުން އެނގޭ ކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓް އަންދާޒާކުރަންވާނީ؛ އެންމެހާ އާމްދަނީ، ޚަރަދު، ފައިސާ ހޯދާނެގޮތް، ދަރަނިއަދާކުރާނޭގޮތް، ކުއްލިހާލަތަކަށް ބޭނުންވާނޭވަރު (މަރުކަޒީ ސަރުކާރާއި ކައުންސިލްތައް އަދި ޓްރަސްޓްފަންޑް) ހިމެނޭގޮތަށް ބަޖެޓް އަންދާޒާކޮށް ޖުމްލަ ކަނޑައަޅައިގެންކަންވެސް މަތީގައި ހިމަނާފައިވާ ގާނޫނުތަކުން އެނގެން ހުންނާނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. ދަރަނި ދައްކަން ކަނޑައަޅާފައިވާ މިންވަރު އުނިކުރުމުން މި ބަޖެޓު، މިއަހަރަށް ލަފާކުރި ބަޖެޓަށްވުރެ ކުޑަ ވާނޭކަމަށް ސަރުކާރުން ބުނަމުންގެންދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު