ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
2022 ގައި ފެނަކައިން ހޯދި ޚިދުމަތްތަކަކަށް 6.8 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ވެށި ލިންކް އިންވެސްޓްމެންޓްގެ ފަރާތުން ގ. އަސްރީމާ ފާތިމަތު ޝިފާޒް ޝަހީމް ދައުވާ ކޮށްފައިވަނީ، އެކުންފުނިން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ، 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް ދައްކާފައި ނުވާ 8.5 މިލިއަން ރުފިޔާ އާއި، ވަކީލު ފީގެ ގޮތުގައި 70،000 ރުފިޔާ 7 ދުވަހުގެ ތެރޭގައި ހޯދުމަށެވެ. މި ފައިސާއަކީ، ލ. އަތޮޅުގެ ދެ ރަށެއްގައި ހުރި ފެނަކަ އޮފީސްތަކަށް ބޭނުންވާ ޚިދުމަތްތަކުގެ ފައިސާއެވެ.

މި މައްސަލާގައި ފެނަކައިން ބުނީ، އެ ފައިސާއަކީ ބައިބަޔަށް ބަހާލައިގެން ދައްކަމުން އަންނަ ފައިސާ ކަމަށާއި، އެކީ އެއްފަހަރާ ފައިސާ ދެއްކުމަށް ޙުކުމް ކޮށްފިނަމަ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.

މައްސަލާގައި ސިވިލް ކޯޓުގެ ޤާޟީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ޙުކުމް ކުރަށްވާފައިވަނީ، އެ ފައިސާއަކީ ފެނަކައިން ވެށި ލިންކް އިންވެސްޓްމެންޓަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

ފެނަކައިގެ މައްޗަށް މި މައްސަލާގައި 6.8 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމް ކޮށްފައިވާއިރު، 2024 ގައި ފެނަކައިން ހޯދި ޚިދުމަތްތަކަކަށް 3.6 ލައްކަ ޑޮލަރު ދައްކަންވެސް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ޙުކުމް ކޮށްފައެވެ.

އޭގެއިތުރުން ބްލޭޒަން އިންކް ކިޔާ ކުންފުންޏަކަށް ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ޙުކުމް އިއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު