ޕޫރްނީމާ ގަޖްމާ
ޕޫރްނީމާ ގަޖްމާ
މާލޭގައި ދިރިއުޅޭ އުމުރުން 19 އަހަރުގެ ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލޭގައި ދިރިއުޅޭ ނޭޕާލްގެ ޕޫރްނީމާ ގަޖްމާ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން އެއިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރުއޮއްސުނު ފަހުން ކަމަށެވެ.

"އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައި ނުވެއެވެ." ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ޙިއްސާކުރުމަށް އެދިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު