13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މުދައްރިސަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލޭން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާއަކީ މާލޭގެ ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ދިވެހި ފިރިހެން މުދައްރިސެކެވެ. އަދި އެމީހާ އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްފައި ވަނީ ޓިއުޝަން ދިނުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު