ކޯވިޑްް-19 އާއި ގުޅިގެން ސާކް ގެ ވެރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކޯވިޑްް-19 އާއި ގުޅިގެން ސާކް ގެ ވެރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކޯވިޑް-19 އާ ގުޅިގެން ސާކް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ސާކް ޑިވެލޮޕްމަންޓް ފަންޑުން ފަސް މިލިއަން ޑޮލަރު ސާކްގެ ގައުމުތަކަށް ދޭން ނިންމައިފިއެވެ.

އެސްޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފަންޑުގެ އިޖުތިމާޢީ ބައިގެ ތެރެއިން ޖުމްލަ ފަސް މިލިއަން ޑޮލަރުގެ އެހީ ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އެ މި ފަންޑުގައި އިޖްތިމާޢީ ދާއިރާއަށް ކަނޑައަޅާފައިވާ 100 މިލިޔަން ޑޮލަރުގެ ތެރެއިން މިހާރު ބާކީ ހުރީ 26 މިލިޔަން ޑޮލަރެވެ.

"ފަސް މިލިއަން ޑޮލަރުގެ އެހީ ކަނޑައުޅުމުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވާ އިޤްތިޞާދީ ދަތިތަކާއި އިޖުތިމާއީ އަސަރުތަކުން މެމްބަރު ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުން،" އެސްޑީއެފްގެ ސީއީއޯ ސުނިލް މޮޓިވާލް ވިދާޅުވެފައިވެއެވެ.

މިފަންޑުގެ ދަށުން ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށައެޅުމަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް އެޕްރޫވް ކުރާނީ އެސްޑީއެފްގެ ބޯޑުންނެވެ. މޮޓިވަލް ވިދާޅުވީ މަޝްރޫއުތައް ދިރާސާކުރުމުގެ ކަންކަމާއި އެޕްރޫވްކުރުމުގެ ކަންކަން ވަރަށް އަވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ސާކް ޑިވެލޮޕްމަންޓް ފަންޑު އުފައްދާފައިވަނީ 2010 ވަނަ އަހަރުއެވެ. މިފަންޑުގެ އޮފީސް ހުންނަނީ ބޫޓާންގެ ވެރިރަށް، ތިންޕޫގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން