މިދިޔަ ސެޕްޓެމްބަރުމަހު ތެރޭގައި ވަގަށް ނަގާފައިވާ 109 ސައިކަލެއް ހޯދައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އެކްސްގައި އާންމުކުރި "މާލޭ ފްރަންޓްލައިން ޕޮލިސިން" ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ 109 ސައިކަލުގެ އަގު 6،876،766 ރުފިޔާއަށް އަރައެވެ.
ފުލުހުން ބުނީ މިދިޔަ މަހު ވަގަށް ނަގަފާއިވާ 588،822.20 ރުފިޔާވެސް އަނބުރާ ހޯދާފައިވާ ކަމަށާއި އެއީ 20 މައްސަލައެއްގައި ހިމެނޭ ފައިސާކަމަށެވެ. އަދި ވަގަށް ނަގާފައިވާ 13 ފޯނެއް ހޯދިއިރު އެ ފޯނުތަކުގެ އަގު 154،562 ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އެހެނިހެން ކަރަންޓު ސާމާނުގެ ތެރޭގައި ހިމެނޭ 8 އެއްޗެއް ހޯދިއިރު އެތަކެތީގެ އަގަކީ 32،300 ރުފިޔާކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އިތުރު 20 މައްސަލައެއްގައި 43،115 ރުފިޔާ ހޯދާފައިވާކަންވެސް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވައްކަމުގެ 71 މައްސަލައާއި، މާރާމާރީގެ 16 މައްސަލައަކާއި، ފޭރުމުގެ 12 މައްސަލައެއް އަދި އެކްސިޑެންޓުގެ 10 މައްސަލައެއް ހިމެނޭހެން ޖުމުލަ 109 މައްސަލައެއް ހިނގި ސަރަހައްދަށް ފުލުހުން ގޮސްފައިވާކަމަށެވެ.
ސެޕްޓެމްބަރުމަހު ފުލުހުން ބެލި އިތުރު މައްސަލަތަކުގެ ތެރޭގައި 27،464 ތަނެއް ބަލައިފާސްކުރުން ހިމެނެއެވެ.
މީގެ އިތުރުން 5،264 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާނެ ކަމަށާއި އޭގެ ތެރެއިން 4،776 މީހުންނަކީ ކުށުގެ ރިކޯޑު އޮންނަ މީހުންކަމަށާއި 488 މީހުންނަކީ ކުށުގެ ރިކޯޑެއް ނެތް މީހުންކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު