އޮޑިޓަރ ޖެނެރަލް އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްދީފައި މިވަނީ އެއޮފީހުން ހުށައެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ.
މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ކަމަށެވެ.
"މިހާރަކު އޮޑިޓަރ ޖެނެރަލަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ އޮޑިޓް ކުރުމުގައި އެ ބޭފުޅުން ބޭނުންވާ ބަޖެޓު ނެތިގެން، ފައިސާ ނެތިގެން، އޮފީސް އިމާރާތެއް ނެތިގެން، ދަތިވެގެން އެއްވެސް ކަމެއް ނުކުރެވުމަށް." ސަލީމް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. އެގޮތުން އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު