ވެރިންގެ ކިބައިގައި ބާރު އޮތަކަސް، ރައްޔިތުންނަށް މުސީބާތަކަށް ވާން ފެށުމުން ޤާނޫނު ނަގަހައްޓަން ކޮންމެވެސް ބަޔަކު ނިކުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައި ވަނީ މަޑަގަސްކަރައިގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި އެންމެ ފަހުން ސިފައިން ބައިވެރިވުމާ ގުޅިގެންނެވެ.
ސެޕްޓެމްބަރު ފަހުކޮޅު ފެށި މި މުޒާހަރާތަކަކީ ފެނާއި ކަރަންޓުގެ ހިދުމަތް ތަކުރާރުކޮށް މެދުކެނޑެމުންދާތީއާއި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ގިނަ ވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ފެށި މުޒާހަރާތަކެކެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާ އެކު އަމަލުކުރަމުން ދާން ފެށުމުން އެންމެ ފަހުން ސިފައިންގެ ޔުނިޓެއް އިއްޔެ ވަނީ މުޒާހަރާއާ ގުޅިފައިވާކަން އިއުލާނުކޮށް ސިފައިންގެ އެހެން ޔުނިޓުތަކުން ވެސް ކޮމާންޑަރުންގެ އެންގުންތަކަށް ތަބާނުވަން ގޮވާލާފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މޫސަ ވިދާޅުވީ ވެރިންގެ ފަރާތުން ރައްޔިތުންނަށް އޮޅުވާލުމާއި، އަނިޔާ ކުރުމާއި، ބިރުދެއްކުމާއި މިފަދަ އެތައް ކަމެއްގެ ސަބަބުން ގައުމުގައި ދިރިއުޅުމަށް އުނދަގޫވެ، ރައްޔިތުންނަށް މުސީބާތަކަށް ވާން ފެށުމުން ޤާނޫނު ނަގަހައްޓަން ކޮންމެވެސް ބައެއް ނުކުންނާނެ ކަމަށެވެ.
އަދި މަޖިލީހުގެ މެޖޯރިޓީއާއި، ފަނޑިޔާރުގެއާއި، ވެރިންގެ ބާރުއޮތެއްކަމަކު މިކަން ހަމަ މިގޮތަށް ވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު