ގިރާވަރު ފަޅު-
ގިރާވަރު ފަޅު-
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމިނަމަވެސް އޭގެތެރެއިން 1114 ގޯތި މި ސަރުކާރުން ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. އެއާއެކު ގިރާވަރުން ދޫކުރަން ޖެހޭ ގޯތީގެ އަދަދު ވަނީ 4072 އަށް ދަށްވެފައެވެ.

ނަމަވެސް ސަރުކާރުން ގިރާވަރުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުން ދޫކުރެވެނީ 3462 ގޯތި ކަމުން ބާކީވާ ގޯތި ކޮންމެވެސް އެހެން ތަނަކަށް ބަދަލު ކުރަންޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ ގޯތިތައް ބަދަލުކުރުމަށް މިހާރު މަސައްކަތް ކުރަމުން އެބަ ދާކަމަށާއި، ނަމަވެސް އަދި އެ ގޯތިތައް ދޫކުރާނެ ތަނެއް ނިންމާފައި ނުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އެކަމާމެދު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން، އެއީ ޔޫޓީއެފްއަށް ގެންދާނީތޯ ގުޅީފަޅުގެ ފުންތަން ހިއްކައިގެން ބަދަލު ކުރާނީތޯ ނޫނީ ރަސްމާލެއަށް ބަދަލު ކުރާނީތޯ، އެ ޖެހޭނީ ދެން އަޅުގަނޑުމެން ގޮތެއް ނިންމަން،" މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު