ތަންކޮޅެއް ބޮޑަށް ތަހުޒީބުވެ ވަޑައިގެންނެވެމުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކޮންމެވެސް ވަރެއްގެ އިހްތިރާމެއް ލިބިވަޑައިގަތުމުގެ ފުރުސަތު އޮވެދާނެ ކަމަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވެފައި މިވަނީ ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ސަރުކާރާއި އިދިކޮޅަށް ވަކާލާތުކުރަމުންދާ އައިޝަތު ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހަސަން ވަނީ މިފަދަ ކަންތައްތައް ސަރުކާރުން ކުރަމުންދާއިރު "ރެސްޕެކްޓް" ކުރުމުގެ ގައުމީ މަޝްރޫއެއް ސަރުކާރުން ފައްޓަވަން އުޅޭތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ތިޔަހެން ޒުވާން ކުދީންނަށް ޖެއްސުންކޮށް ފުރައްސާރަކޮށް އަނިޔާކޮށް އެމީހުންގެ މުދާ ފޭރެމުން ތިޔަ ވިދާޅުވަނީ "ރެސްޕެކްޓް" ކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީއޭ! ތިޔަ އުޅުއްވަނީ އެކުދީންނަށް ބިރުދައްކައިގެން ތިޔަ ބޭނުންފުޅުވާ އިހްތިރާމެއް ހޯއްދެވޭނެ ކަމަށްތޯ؟ އެއީ ކުރެއްވެން އޮތް ކަމެެއް ނޫން!" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ވަނީ މިފަދަ އުޅުންތައް ދޫކޮށްލައްވައި އިންސާނުން އުޅޭ ގޮތަށް އުޅުން ބަދަލުކުރެއްވޭތޯ މަސައްކަތް ކުރެއްވުމަށް ރައީސަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
"ނަސޭހަތަކަށްވެސް ދަންނަވަން އޮތީ ތިޔަ އުޅުއްވާ ވިޔާނުދާ އުޅުން ދޫކޮށްލައްވައި އިންސާނުން އުޅޭ ގޮތަށް އުޅުން ބަދަލުކުރެއްވޭތޯ މަސައްކަތް ކުރައްވަށޭ!" ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްވެސް ފަށައިގަންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި، އެހެންނަމަވެސް ގަދައަޅާ މަސައްކަތް ކުރެއްވުމުން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމަށެވެ.
"ތަހްޒީބު ވެ ވަޑައިގަންނަވާ! އޭރުން ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ލިބިވަޑައިގަތުމުގެ ފުރުސަތެއް އޮވެދާނެއެވެ. ވަރަށް ވެދުން." ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު