ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރެޓްތައް އެތެރެކުރީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕްގެ ނަމުގައި ގެނައި ކޮންޓެއިނަރުތަކަކަށް ލައިގެންކަން ހާމަވެއްޖެއެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. މި މުދަލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެއެވެ.
މި ސިނގިރޭޓުތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ސިނގިރެޓްތައް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް މީޑިއާއަކަށް މައުލޫމާތު ދެމުން ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި ސިނގިރޭޓުތައް އެތެރެކުރީ ސައުދީގެ ބިންލާދީން ގުރޫޕުގެ ކޮންޓެއިނަރެއްގައި ކަން މިހާރު ވަނީ ހާމަވެފައެވެ. ބިންލާދީން ގްރޫޕުން ދަނީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ފަހުން އެ ގުރޫޕުން ހިންގި އެންމެ ބޮޑު އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު