ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ބިލިއަން ޑޮލަރުގެ މުއްސަނދިކަން ހޯދި ފުރަތަމަ ކުޅުންތެރިޔާގެ މަޤާމު ޕޯޗުގަލްގެ މަޝްހޫރު ފޯވަޑް ކްރިސްޓިއާނޯ ރޮނަލްޑޯ ހޯދައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މުއްސަނދިންގެ މާލީ މައުލޫމާތު އާއްމު ކުރާ ބްލޫމްބާގުންނެވެ. ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ރޮނާލްޑޯގެ މުއްސަދިކަން މިންކޮށްފައިވަނީ ފުރަތަމަ ފަހަރަށް ކަން ފާހަގަކުރެވެއެވެ. މި އިންޑެކްސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ޖުމްލަ މުއްސަނދިކަން (ނެޓް ވޯތު) ބަލަހައްޓާ ފަރާތެކެވެ. އުމުރުން 40 އަހަރުގެ ރޮނަލްޑޯ، މިވަގުތު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އަލް-ނަޞްރު ކްލަބަށެވެ. އޭނާގެ ޖުމްލަ މުއްސަނދިކަން މިހާރު ހުރީ 1.4 ބިލިއަން ޑޮލަރު (1.04 ބިލިއަން ޕައުންޑް) ގައި ކަމަށް ބްލޫމްބާގް އިން ބުނެއެވެ.
ބްލޫމްބާގް ބިލިއަނެއަރުންގެ އިންޑެކްސްގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ރޮނާލްޑޯ ވަނީ ބިލިއަނެއަރެއްގެ މަޤާމަށް އަރާފައިވާ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާކަމުގައި ވެފައެވެ.
ރޮނާލްޑޯގެ މުއްސަނދިކަން އިތުރުވެގެން ދިޔައީ ޖޫން މަހު ސަޢޫދީ އަރަބިއާގެ ކްލަބް އަލް-ނަސްރާއެކު 400 މިލިއަން ޑޮލަރަށް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުން އަލް-ނަސްރަށް 2023 ގައި ބަދަލުވުމުން، ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީޚުގައި އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިޔާއަށް ވަނީ ވެފައެވެ. އަހަރަކު 177 މިލިއަން ޕައުންޑް (237.52 މިލިއަން ޑޮލަރު) އާއި އިތުރު އިނާޔަތްތަކާއި އަދި އޭނާގެ ސަޢޫދީ ކްލަބުގެ 15 އިންސައްތަ ހިއްސާ ލިބޭ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު