ޕީއެންސީން ވެރިކަން ހޯދަން ހެދިހާ ދޮގު މިހާރު މިދަނީ ފަޅާ އަރަމުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކުރުމާ ގުޅިގެންނެވެ.
މިއީ ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެވެ.
އެއީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ ޕީއެންސީން ވެރިކަން ހޯދަން ހެދިހާ ދޮގުތައް މިދަނީ ފަޅާއަރަމުން ކަމަށެވެ. އަދި މިވަރުވުމުން ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު