ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު
ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު
އިލްމީ ގޮތުން ޤާބިލު މީހުންނަކީ މި ސަރުކާރަށް މުހިންމު ބައެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް، މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި މެންބަރުން 97 އިންސައްތަ މާރކްސް ދިން ނަމަވެސް މަޖިލީހުގެ ތަޅުމުން އޭނާގެ ނަން ފެއިލް ކޮށްލުމާ ގުޅިގެންނެވެ.

މި މަގާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވި 6 ނަމުގެ ތެރެއިން ކޮމިޓީން ނަންތައް ދިރާސާ ކުރުމަށްފަހު ހުށައެޅި ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި ހިމަނާފައި ވަނީ މަހާޒްގެ ނަމެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓުދެއްވީ އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށެވެ.

މިއަދު މަޖިލީހުން މި މަގާމަށް އައްޔަނުކުރަން ރުހުންދިނީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓުދެއްވީ އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށެވެ.

މިކަމަށް ފާޑުވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޑރ. އިޔާޒް ވިދާޅުވީ މިއިން ދޭހަކޮށްދެނީ އިލްމީ، ގާބިލު މީހުންނަކީ ރައީސް މުއިއްޒުގެ ސަރުކާރަށް ބޭނުން ބައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ވިދާޅުވިގޮތަށް ތަތްގަނޑު ޖަހާ ބައެއް ކަމުގައިވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު