ނޭޝަނަލް ހައުސިން އެފޯޑިބިލިޓީ މަޝްރޫޢުގެ ސަބަބުން އެކި ގިންތިތަކުގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވުމާ ގުޅިގެންނެވެ.
މިއީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.
އަދި ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ސަބަބުން އެކި މޮޑެލްތަކުން އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރގެ ފޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު