ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް
ބަޔަކު މީހުން މުޒާހަރާއަށް ނިކުންނަ ކޮންމެ ފަހަރަކު އެއީ ސަރުކާރު ވައްޓާލުން ކަމުގައި މާނަކުރުމަކީ ކޮށި ވިސްނުމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މާލޭގައި މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ "ލޫޓުވާލައިފި" މުޒާހަރާއާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ ވަކި މީހަކު ވެރިކަމުގައި ހުރީމާ ނުކޮށް ދޫކޮށްލެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ބަޔަކު މީހުން މުޒާހަރާ އަށް ނިކުންނަ ކޮންމެ ފަހަރަކު އެއީ ސަރުކާރު ވައްޓާލުން ކަމުގައި މާނަކުރުމަކީ ކޮށި ވިސްނުމެއް ކަމަށްވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

"ތިމާމެން އިދިކޮޅުގައި ތިބިއިރު އަވަށްޓެރި ޤައުމެއްގެ ވެރިޔަކާއި މިޤައުމުގެ ވެރިޔާ އެއް އެނދުގައި ނިދަނީ ކަމަށް ބުނެ ފެތުރި ހުތުރު ވާހަކަތައް ކޮބައިތޯ؟ އަދި މިނޫންވެސް ކިތައް ދޮގާއި އޮޅުވާލުން އޮޅުވާލައިގެން ނުންތޯ ވެރިކަން ހޯއްދެވީ؟" ޑރ. އިޔާޒް ވިދާޅުވިއެވެ.

މިގޮތަށް ވެރިކަމަށް އައިސްފައިވާއިރު، މިކަންތައްތަކުގެ ހިތި ނުފެނި ނުދާނެކަން ހަނދާނުގައި ބަހައްޓަން ވާނެ ކަމަށްވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު