ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ތާރީހީ ދިގު އެކުވެރިކަމެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި ގުޅިގެން ޗައިނާއަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ތާރީހީ ދިގު އެކުވެރިކަމެއްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދެމުންދާ އެހީތެރިކަން އަބަދުވެސް ބަލައިގަންނަކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ޕޯސްޓުގައި ޗައިނާގެ 76 އަހަރުވީ ކުރިއެރުންތައް ފާހަގަކުރައްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޗައިނާގެ ފޮރިން މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
ތަހުނިޔާގެ މެސެޖު ނިންމަވާލެއްވީ ޝާހިދު ވަނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފާހަގަކޮށް ޗައިނާގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން އެދެމުންނެވެ.

I extend warm congratulations to President Xi Jinping, my friend Foreign Minister Wang Yi, the government and people of the People’s Republic of China on the 76th anniversary of its founding. This milestone is a testament to the resilience and progress of the Chinese nation.… pic.twitter.com/XKy2YqTdbt
— Abdulla Shahid (@abdulla_shahid) October 1, 2025
ތަހުނިޔާގެ މެސެޖު ނިންމަވާލެއްވީ ޝާހިދު ވަނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފާހަގަކޮށް ޗައިނާގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން އެދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު