ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން 08 އަތޮޅެއްގައި 'އުފާވެރި ރާސްތާ' ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ހާމަކޮށްފިއެވެ.
އެގޮތުން، މި ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.މާމެންދޫ، ގއ.ދާންދޫ، ހދ.ކުރިނބީ، ށ.މިލަންދޫ، ރ.އިނގުރައިދޫ، ނ.މަނަދޫ، ކ.ތުލުސްދޫ އަދި ހއ.ކެލާއެވެ. އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމްތައް ކުރިއަށްދާނީ 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގައެވެ. މި ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ އުފާވެރި ރާސްތާ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އަދި މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެ ތެރޭގައި އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށްވެސްވެއެވެ.
ހަމައެހެންމެ، މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާ އުފާވެރި ޕްރޮގްރާމެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު