ޓެކުހާއި، ވޯޓާއި، ޑިމޮކްރެސީ ހަރާމޭ ބުނި މީހުން އޮޅިގެން ނޫޅުއްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އަށް ރައްދު ދެއްވައިފިއެވެ.
ވައްޑެ މިހެން ވިދާޅުވީ، އެމްޑީޕީގެ އެއްވެސް ވެރިއަކާ ދެކޮޅަށް އެއްވެސް އިދާރާއަކުން ބަހެއް ބުނެފިނަމަ އެއީ އިންސާފުވެރިނޫން، އަނިޔާވެރި، ޑިމޮކްރަސީއާ ޚިލާފު، ހަރާމް ކަންކަމުގެ ގޮތުގައި އެމްޑީޕީން ސިފަކުރާކަމަށް މެންބަރު ޖަނާބު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޖަނާބު އެގޮތަށް ވިދާޅުވީ، ފެނަކައިގެ އޮޑިޓް ރިޕޯޓަކީ، އޮޑިޓަރ ޖެނެރަލަށް ބިރު ދައްކައިގެން ސިޔާސީ ގޮތުން ނެރެފައިވާ ރިޕޯޓެއް ކަމަށް އެމްޑީޕީން ބުނެފައިވާތީއެވެ. އެކަމަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ، ޙަރާމް ކަނޑައަޅާ މީހުންނާއި، ހަރާމަށް އަރާތިބި މީހުން އެނގިލައްވާ ކަމަށެވެ.
"ނޫން ނޫން ހަރާމް ކަނޑައަޅަނީ ތިގެއިން. ޓެކްސް ހަރާމޭ ބުނީ ތިގެއިން. ޑިމޮކްރެސީ ހަރާމޭ، ވޯޓު ހަރާމޭ ކީވެސް ތިގެއިން. އެކަމު ހަރާމުގެ ތެރެއިން އަރާ ތިތިބީ." ވައްޑެ ވިދާޅުވެފައިވެއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަކީ، މި ސަރުކާރުން ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް، ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ނަމަވެސް 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް ފެނަކަ މެދުވެރިކޮށް 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ. އޭގެ ތެރެއިން 496 މިލިއަން ރުފިޔާ އަކީ ފެނާއި ނަރުދަމާ މަޝްރޫޢުގެ ތެރެއިން ހިންގި ކޮރަޕްޝަން ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.

ނޫން ނޫން ހަރާމް ކަނޑައަޅަނީ ތިގެއިން. ޓެކްސް ހަރާމޭ ބުނީ ތިގެއިން. ޑިމޮކްރެސީ ހަރާމޭ ވޯޓު ހަރާމޭ ކީވެސް ތިގެއިން. އެކަމު ހަރާމުގެ ތެރެއިން އަރާ ތިތިބީ. https://t.co/mBbQRdDlQB
— Waddey (@waddey_) September 29, 2025
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަކީ، މި ސަރުކާރުން ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް، ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ނަމަވެސް 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް ފެނަކަ މެދުވެރިކޮށް 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ. އޭގެ ތެރެއިން 496 މިލިއަން ރުފިޔާ އަކީ ފެނާއި ނަރުދަމާ މަޝްރޫޢުގެ ތެރެއިން ހިންގި ކޮރަޕްޝަން ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު