މާލޭ ބާޒާރުމަތީގައި ހުންނަ ލިލީ އެފްއެންބީ ފިހާރައިގައި ރޭ ދަންވަރު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ލިލީ ފިހާރާގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ 1:00 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
އެފިހާރާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 2:30 ހާއިރެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ލިލީން ބުނީ މިޙާދިސާގެ ގެއްލުން އެތައް މިލިއަން ރުފިޔާއަކަށް އަރާނެ ކަމަށެވެ. މިޙާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު